މިފްކޯއިން، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.
މިފްކޯއިން މިއަދު ބުނީ މަސްވެރިންނަށް އެ ކުންފުނިން ވިއްކާ ތެލުގެ އަގު ހެޔެކޮށްފައި ވަނީ މަސްވެރިންނަށް ދެމުންދާ ހިދުމަތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ފިއުލް ސަޕްލައި މޯލްޑިވްސްއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
"މިގޮތުން މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖުކޮށް 51 ލާރި އަގުހެޔޮވާނެއެވެ. އަދި ތިން ޓަނަށްވުރެ މަތިން މަސްކިރާ ފަރާތްތަކަށް އެވްރެޖުކޮށް 71 ލާރި އަގުހެޔޮވާނެ،" މިފްކޯއިން ބުންޏެވެ.
"މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދާނީ ލީޓަރަކަށް 13.90 ރުފިޔާއަށެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، ލީޓަރެއް 13.72 ރުފިޔާ އަށެވެ"
މިފްކޯއިން ބުނީ އާންމު ފަރާތްތަކަށް ތެޔޮ ވިއްކާ އަގު ވެސް ހެޔޮކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އާންމުންނަށް ތެޔި ވިއްކަމުންދާނީ ލީޓަރެއް 14.93 ރުފިޔާ އަށެވެ.
މުހައްމަދު އިޝާން
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް