މޮރޮކޯގައި ދެ އިމާރާތެއް ވެއްޓި 22 މީހުން މަރުވެއްޖެއެވެެ.
މޮރޮކޯގެ ފެޒް ސިޓީގައި ހުރި ދެ އިމާރާތެއް ވެއްޓުނު ހާދިސާގައި 22 މީހަކު މަރުވެފައިވާއިރު 16 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްޔެ ހިނގި އެހާދިސާގައި ހަތަރު ފަންގިފިލާގެ ދެ އިމާރާތް ވެއްޓުނު ވަގުތު އެ ދެ އިމާރާތުގައި އަށް އާއިލާއެއް ދިރިއުޅުނު ކަމަށް އޮފިޝަލުން ބުނެއެވެ.
ވެއްޓުނު އިމާރާތުގެ ދަށުގައި ތާށިވެފައިވާނެ ކަމަށް ބެލެވޭ މީހުން ހޯދުމަށް ރެސްކިއު ޓީމުތަކުން އޮޕަރޭޝަން ފަށާފައިވާއިރު އޮފިޝަލުން ވަނީ މަރުވި މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
މޮރޮކޯގެ ނޫސްތަކުން ވަނީ ވެއްޓުނު ދެ އިމާރާތް ވެއްޓުނުއިރު ހުރީ ގެއްލުން ވެފައި ކަމަށާއި ވެއްޓެން ދިމާވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
މޮރޮކޯގެ ފެޒް ސިޓީއަކީ އެގައުމުގެ އިރު އުތުރު ސަރަހައްދުގައި އޮންނަ އެންމެ ގިނަ ދުވަސްވީ އިމާރާތްތައް ހުރި ސިޓީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ