މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް)ގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އަހުމަދު ސޮބާހު އައްޔަންކުރައްވައިފިއެވެ.
ކަރެކްޝަންސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކަރެކްޝަންސް އިން މިއަދު ބުނީ ސޮބާހު ޑެޕިއުޓީ ކޮމިޝަނަރަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
ސޮބާހު މީގެ ކުރިން ހުންނެވީ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައެވެ. އޭނާ ކަރެކްޝަންސްގައި މަސައްކަތް ކުރާތާ މިހާރު ވަނީ 21 އަހަރުވެފައެވެ.
ސޮބާހު، އެ މަގާމަށް އައްޔަންކުރެއްވި އިރު، ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ބޭފުޅާ ވަނީ އެ މަގާމުން ރިޓަޔާކުރައްވައިފައެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް