ގޯއާގެ ނައިޓް ކްލަބެއްގައި ރޯވެ 25 މީހުން މަރުވެއްޖެއެވެ.
އިންޑިއާގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ގޯއާގެ ނައިޓް ކުލަބެއްގައި ރޯވި ހާދިސާގައި 25 މީހަކު މަރުވެފައިވާއިރު އޮފިޝަލުން ވަނީ މަރުވި މީހުންގެ ތެރޭގައި ފަތުރުވެރިންވެސް ހިމެނޭކަމަށް ބުނެފައެވެ.
ނައިޓް ކުލަބުގައި ރޯވިކަމަށް ފުލުހުން ބުނެފައިވަނީ އެތަނުގެ ބަދިގޭގައި ހުރި ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށާއި އެހާދިސާގެ ތަހުގީގަށް ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
އޮފިޝަލުން ވަނީ އެހާދިސާގައި އެއް އާއިލާއެއްގެ ހަތަރު މީހަކު މަރުވެފައިވާ ކަަމަށާއި އެއީ ވެރިރަށް ދިއްލީއަށް ނިސްބަތްވާ ފަތުރުވެރިންގެ ގޮތުގައި އެތަނުގައި ތިބި އާއިލާއެއް ކަމަށް ބުނެފަައެވެ. މީގެއިތުރުން މަރުވެފައިވަނީ އެތަނުގައި މަސައްކަތް ކުރާ 21 މުވައްޒަފެއް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ތަހުގީގުން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން ފުލުހުން ވަނީ ގިނަ މީހުން މަރުވެފައިވަނީ ނޭވާ ހާސްވެގެން ކަމަށް ބުނެފައެވެ.
ފުލުހުން ވަނީ ބަންދުގެ އަމުރެއް ބޭނުންކޮށް އެނައިޓް ކްލަބުގެ މެނޭޖަރާއި ވެރިޔާ ހައްޔަރުކޮށްފައި ކަމަށާއި އެމީހުންނާ، ތަހުގީގު ޓީމުން ސުވާލު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ގޯއާގެ ފުލުހުން ބުނީ އެހާދިސާގައި އަނިޔާވެފައިވަނީ ހަ މީހުން ކަމަށާއި އަދި އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު