ތޫފާން ޑިތްވާ ބާރު ދަށްވެ ޑީޕް ޑިޕްރެޝަންއަކަށް ބަދަލުވެއްޖެއެވެ.
ސްރީލަންކާ އަށްފަހު ތޫފާން ޑިތްވާ އިންޑިއާއަށް އަރާފައިވާއިރު އެތޫފާނުގެ ބާރު ދަށްވެ ޑީޕް ޑިޕްރެޝަން އަކަށް ބަދަލުވެފައިވާކަމަށް އިންޑިއާގެ މެޓުން ބުނެފައިވެއެވެ.
އިންޑިއާގެ ޓަމިލް ނާޑޫގެ ޕުޑުޗެރީ ސަރަހައްދުން އިންޑިއާގެ އިތުރަށް ކޮޅިގަނޑު ދަތުރުކުރަން ފަށާފައިވާއިރު އިންޑިއާއިން ވަނީ އެސަރަހައްދަށް ރަތް އެލާޓް ނެރެފައެވެ.
އޮފިޝަލުން ވަނީ ކޮޅިގަނޑު ދަތުރުކުރަމުން ދަނީ ގަޑިއަކު ފަސް ކިލޯ މީޓަރުގެ ބާރު މިނުގައި ކަމަށާއި ޓަމިލް ނާޑޫގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހެމުން އަންނަކަމަށް ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން ކޮޅިގަނޑުގެ ސަބަބުން ޓަމިލްނާޑޫގެ އިތުރުން ކައިރި ސަރަހައްދުތަކުގެ ފްލައިޓުތަކާއި ރޭލުގެ ހިދުމަތަށް ވަނީ ބުރޫއަރައިފައެވެ.
ލަންކާއަށް އެރި ތޫފާން ޑިތްވާގެ ސަބަބުން ލަންކާގައި ހާލުގައި ޖެހުނު އިންޑިއާއަށް ނިސްބަތްވާ 400 ފަސިންޖަރުން އިއްޔެގެ ވަގުތެއްގައި އިންޑިއަން އެއާފޯސް އެއްގެ ދެ ފްލައިޓެއްގައި ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ