މިދިޔަ އަހަރާއި މިއަހަރުގެ ރޯދަމަހު ކަރަންޓާއި ފެން ބިލުތަކުން ޖުމްލަ 118 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރޯދަ މަހު ރައްޔިތުން އުފުލަންޖެހޭ މާލީ ބުރައަށް ލުއިކަމެއް ހޯދައިދިނުމުގެ ގޮތުން، އެމަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް، ސްޓެލްކޯއިން ކަރަންޓާއި ފެނުގެ ހިދުމަތްދޭ ހުރިހާ ސަރަހައްދެއްގައި ބިލްތަކުން ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.

"އެގޮތުން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ މާރިޗު އަދި އޭޕްރީލް މަހުގެ ބިލްތަކުން ޖުމްލަ 118 މިލިއަން ރުފިޔާ ޑިސްކައުންޓް ކުރެވިފައިވޭ،" ސްޓެލްކޯގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އަންނަ ރަމަޟާން މަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭހާއެކު ޑޮމެސްޓިކް ރޭޓުގައި ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.