އަންނަ 2026 ވަނަ އަހަރު ޓެކްސް ބޮޑުނުކޮށް އާމްދަނީ އިތުރުކުރާނެ ކަންތައްތައް ސަރުކާރުން ބަޖެޓްގައި ރާވާފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި މިހާތަނަށް މެންބަރުން ފާހަގަކުރެއްވި ކަންތައްތަކަށް ޖަވާބުދެއްވުމުގެ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، 2026 ވަނަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ އުނދަގޫ ދަރަންޏެއް ދައްކަންޖެހޭ އަހަރު ކަމަށެވެ.
ނަަމަވެސް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ބަޖެޓް ހުށަހަޅާފައިވަނީ އެ ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް އެއްވެސް ހުރަހެއް ނޯންނާނެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އިކޮނޮމިސްޓުންނާއި މޯލްޑީވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވެސް އަންނަ އަހަރުގެ ބަޖެޓަކީ ދެމެހެއްޓެނިވި ބަޖެޓެއް ކަމަށް ލަފާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ބަޓެޓުން ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ މިންވަރާއި، ބަޖެޓަށް ފައިސާ ހަމަޖައްސަން ޓެކްސް ބޮޑުކުރަންޖެހިދާނެ ކަމަށް ބައެއް މެންބަރުން ފާހަގަކުރައްވާ ކަންބޮޑުވުންތަކާ ގުޅިގެން ޒަމީރު ވިދާޅުވީ އަންނަ އަހަރު ޓެކްސް ބޮޑުނުކޮށް ބަޖެޓަށް އާމްދަނީ އިތުރުކުރުމަށް ތަފާތު އެކި ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެއާޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި ޓޫރިޒަމް އެނދު އިތުރުވެ ގްރޯތު ރޭޓް މަައްޗަށް ދާނެ ކަމަށާއި، އިގްތިސާދު ފުޅާ ކުރުމަށްޓަކައި، އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ މަސައްކަތިގެ އިތުރުން ދުނިޔޭގެ ބޮދެތި އިތުރު އިންވެސްޓްމެންޓްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ މަސައްކަތް އަޅުގަނޑުމެން އެބަ ބަލަން، އަދި ދުނިޔޭގެ ބައެއް ކަހަލަ އިންވެސްޓްމަންޓުތައް ގެނައުމަށްޓަކައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މި އަންނަ ބަދަލުތަކާއެކު ބްލޮކްޗެއިންނާއި ޓޮކަނައިޒޭޝަން ކަހަލަ ބައެއް އިނޮވޭޓިވް މެކޭނިޒަމް އަންނައިރު އެއަށްވެސް އަޅުގަނޑުމެން ޓެޕް ކުރީމަ އަޅުގަނޑު ގަބޫލުކުރަނީ އެއަށްވެސް އިގުތިސާދު ފުޅާކުރުމުގައި ލިބިގެންދާނެ ކުރިއެރުންތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ރީޖަނަލް އެއާޕޯޓުތަކަކީ ދައުލަތަށް ފައިދާވާނެ ތަންތަނަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ރައްޔިތުން ހޮވާ ސަރުކާރެއްގެ ޒިއްމާއަކީ، އެކި ނަންނަމުގައި ޓެކްސް ނެގުމާ، އިތުރު ޓެކްސް ތައް ތަޢާރަފް ކޮށްގެން ރައްޔިތުން ފެލާލުމެއްނޫން. ދައުލަތުގެ އާމްދަނީ އިތުރު ކުރާނީ އެފަދަ މަޝްރޫޢު ތައް ހިންގައިގެން ރައްޔިތުންނަށް ދަތިނުކޮށް.
ނުރަބޯ - 7 މަސް ކުރިން