މަސްވެރިންނަށް ގެއްލުންނުވާ ގޮތަށް ކޫއްޑޫގެ ކައްޓާތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ "ހަފުތާ 104" ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއިން ކޯލްޑް ސްޓޯރޭޖު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މި ފަސް އަހަރު ނިމޭއިރު 9500 ޓަނުން 24،500 ޓަނަށް ސްޓޯރޭޖު އިތުރުކުރެވޭނެ ކަމަށެވެ.
މަސްވެރިންގެ އަޑު އަހައިގެން ކޫއްޑޫ ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ކޫއްޑޫގައި ހުންނަ ކައްޓާއިން މަސްކިރާއިރު މަސްކޮޅުގެ ދެބައިކުޅަށް އެއްބައިން އަގު ގެއްލިފައިވާ ކަމަށްބުނެ މަސްވެރިން ޝަކުވާކުރަމުން ގޮސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ އެ ކައްޓާ ބަދަލުކުރަން ޖެހޭ. މޯލްޑިވްސް 2.0 އަށް މިދަނީ. ޑިޖިޓަލް މި ކުރަނީ ކައްޓާ. މިފްކޯ އެމްޑީ ޔަގީންކަން ދެއްވާފައި އޮތީ ޑިސެމްބަރު 10 އަކަށް ކައްޓާތައް އޮންނާނީ ޑިޖިޓަލް ވެފަައޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އޭރުން ދެތިން ކިލޯ ސަލާމަތްވެ، ލިބޭ އަގު 16 ރުފިޔާގެ ބަދަލުގައި 20 ރުފިޔާއާ ގާތްވާނެ ކަމަށެވެ.
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ