ގައުމީ އެއާލައިން މޯލްޑިވިއަނުން ށ. ފުނަދުއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަށް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މާލެއިން ށ. ފުނަދުއަށް ކުރާ ދަތުރުތައް ހަފްތާއަކު ހަތަރު ދަތުރަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ، ކޮންމެ ހަފުތާއެއްގެ ވެސް، އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މޯލްޑިވިއަނުން މިހާރު ފުނަދޫ އެއަޕޯޓަށް ކުރަނީ، ހަފުތާއަކު ތިން ދަތުރެވެ.

ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފެށީ، 2020 ވަނަ އަހަރުގެ ތެރޭގައެވެ.