ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމް އިފްތިތާހުކޮށް، މާލެ ސަރަހައްދާއި ރަސްމާލެއިން ގޯއްޗާއި ފްލެޓު ދޫކުރާ ސްކީމްތަކެއް މިރޭ އިއުލާނުކޮށްފި އެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު މިރޭވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމާ ބެހޭގޮތުން މައުލޫތު ދެމުން ހައުސިން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ދަށުން 2 ސްކީމަކުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެއީ:
- މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ސްކީމް
- މާލޭގައި ދިރިއުޅޭ ފަރާތްކަށް ގޯތި ދޫކުރުމުގެ ސްކީމް
ހައުސިން މިނިސްޓްރީން ބުނީ މި ދެ ސްކީމުންވެސް ގެދޮރު ދޫކުރާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓަގަރީ އާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ.
މާލޭ ރަށްވެހިން ވަނީ ތިން ބަޔަކަށް ބަހާލާފަ އެވެ. އެއީ:
-
އުފަންވީއްސުރެ މާލެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުން
-
މާލޭ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ މީހުން
-
ފަހުން މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހުން
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީގައި މާނަކޮށްފައިވަނީ މާލޭގައި ދިރުއުޅޭތާ މެދުނުކެނޑި 15 އަހަރުވެފައިވާ މީހުންނަށެވެ.
އެ ދެކެޓަގަރީއަށްވެސް ފްލެޓް ދޫކުރަން އަސާސީ 5 ޝަރުތެއްވަނީ ކަނޑައަޅާފަ އެވެ. އެއީ:
- ދިވެހި ރައްޔިތަކަށްވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- 400 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން
- ރިއަލް އެސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައި ނުވުން؛ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ، ފައިސާ ދައްކަމުން ނުދިއުން
- އެމީހަކަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ކުރިން ސަރުކާރަކުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން
ހައުސިން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ދަށުން ފްލެޓް ދޫކުރަން ނިންމާފައިވަނީ ދެ މޮޑެލްއަކަށް ކަމަށެވެ. އެއީ "އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް" އަދި "ރެންްޓް ޓު އޯން މޮޑެލް" އެވެ.
މާލޭގައި ދިރިއުޅޭ ފަރާތްކަށް ގޯތި ދޫކުރުމުގެ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމާފައިވަނީ މާލޭ ސަރަހައްދު އަދި ރަސްމާލޭންނެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ސްކީމްތަކާ ބެހޭ އިތުރު މައުލޫމާތު މިރޭ ގެޒެޓްކުރާނެ ކަމަށެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ