ގިނަ ދާއިރާތަކަކުން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޯނު ލިބޭ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެރެންޓީ ސްކީމް އަލުން ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުނައްވަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
ކުރި އަދި މެދު ފަންތީގެ ކުންފުނިތަކަށް، ރާއްޖޭގެ ބޭންކުތަކުން ލޯނު ލިބުމުގައި ދަތިތައް ހުރިކަން ފާހަގަކޮށް އެކަން ހައްލުކުރަން އެމްއެމްއޭއިން ކުރާ މަސައްކަތާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ، އެކި ދާއިރާތަކަށް ލޯނު ލިބުމުގައި ދަތިތައް ދިމާވަމުން އަންނަކަން އެމްއެމްއޭގެ ތަފާސް ހިސާބުތަކުންވެސް ފާހަގަވާ ކަމަށެވެ.
އެހެންކަމުން މީގެކުރިން އެމްއެމްއޭއިން ތައާރަފު ކުރި "އެމްއެމްއޭ ގެރެންޓީ" ސްކީމް އަށް ބަދަލުތަކެއް ގެނެސް، އަލުން ތައާރަފު ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެެވެ.
އެ ސްކީމް ތައާރަފު ކުރުމުން ބޭންކުތަކުން ލޯނު ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ ލޯނު ސްކީމް ތައާރަފު ކުރަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
މި ލޯނު ސްކީމްގެ ތެރެއިން އިމާރާތް ކުރުމުގެ ދާއިރާއަށާއި ގެސްޓް ހައުސް ވިޔަފާރި އެޅުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ލޯނު ލިބުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ