ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
މި މަޝްރޫއުގައި ބިން ހިއްކަމުންދަނީ އެކި ސަރަހައްދުތައް، އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ރައީސް އޮފީހުން ބުނީ މީގެ ތެރެއިން ތިން ސަރަހައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި ސައިޓް-ޖޭ އެއްކޮށް ހިއްކާ ނިންމާފައިވާ ކަމަށެވެ. ސައިޓް-އެލްގެ 25.53 ޕަސެންޓް އަދި ސައިޓް-ސީގެ 20.09 ޕަސެންޓް ހިއްކައި ނިމިފައިވާ ކަމަށެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
ރަސްމާލެ މަޝްރޫއު ކުރިއަށްދާ ސަރަހައްދަށް ރައީސް މިއަދު ކުރެއްވި ޒިޔާރަތުގައި، ދައުލަތުގެ ބައެއް ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު