ކ، ގުޅި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

އެކަން ފާހަގަކުރުމަށް މިއަދު ވަނީ އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 20 މާޗު 2023 ގައެވެ. ނަމަވެސް އެ މަޝްރޫއުއަށް ބޭނުންވާ ބަޖެޓާއި ވަސީލަތް ފަހިކޮށްދީފައި ނުވާތީ އެ މަސައްކަތް އޮތީ ނުފެށިއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހުއެވެ.

ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކައި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖަހައި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ވަނީ ޖަހައިފައެވެ. އަދި 88 މީޓަރުގެ ގްރޮއިންވެސް ވަނީ ޖަހާފަ އެވެ. އެ މަޝްރޫއަކީ 83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.