މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުން އެކި ބިލުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 5.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ފާހަގަ ކުރައްވައިފިއެވެ.
އޮޑިޓާ ޖެެނެރަލް މިކަން ފާހަގަކުރެއްވީ 2026 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް، ބަޖެޓާ ބެހޭގޮތުން އޮޑިޓާ ޖެނެރަލަށް ފާހަގަކުރެވޭ ކަންތައްތައް ހިމަނައިގެން ހުށަހެޅި ކަރުދާހުގައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މި ކަރުދާސް ހުށަހަޅުއްވަމުން އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޝާން ވިދާޅުވީ، އެއާއެކީ މި އަހަރު ނިމުމުގެ ކުރިން އިތުރު 19.5 ބިލިއަން ރުފިޔާ ބަޖެޓުން ހަރަދުވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ދައުލަތުން ނުދައްކާ ހުރި ބިލްތަކުގެ ގޮތުގައި ސެމްޓެމްބަރު މަހުގެ ނިޔަަލަށް 5.1 ބިލިޔަން ރުފިޔާ އެބަހުރި، މިއަދަދަށް ބަލާއިރުގައި 2025 ވަނަ އަހަރުގައި ހުށަހަޅާފައިވާ ރިވައިސް އެމައުންޓްތަކަށް ބަލާއިރު އަހަރުގެ ބާކީއޮތް މުއްދަތުގައި 19.5 ބިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް މި ރިވައިޒް ބަޖެޓުން އެބަ ފާހަގަވޭ،"
އެހެންކަމުން 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި 2025 އިން 2026 އަށް ޕޭޔެބަލްގެ ގޮތުގައި ދާނެ އަދަދުގެ އެސްޓިމޭޓެއް ފިނޭންސް މިނިސްޓްރީން ހޯދުމަށާއި އެ ކަންކަމަށް ފައިނޭންސް ކުރެވޭނެ ގޮތެއް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ވަނީ ރެކޮމެންޑް ކޮށްފައެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު