އައްޑޫސިޓީ މަރަދޫފޭދޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
މަރަދޫފޭދޫގައި އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް މުއިއްޒު، ފުވައްމުލަކަށާއި އައްޑު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަރަދޫފޭދުއަށް ވަޑައިގެން މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހަައްމަދު ޝަރީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ އޭޓީއެމުން ރަމްޒީކޮށް ޑޮލަރު ނަންގަވައިފައެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ