ފުވައްމުލަކު ސިޓީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫ އާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ސިޓީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
އެ ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބެވެ. އަދި ހެވީ ފޯސް ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒަމީރުއެވެ.
މި މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 02,929,871 ރުފިޔާއަށް 540 ދުވަސް ތެރޭގައި ނިންމުމަށެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތާއި 290 މީޓަރުގެ ސަރަހައްދެއްގައި ކީވޯލް ބްލޮކް ޖައްސައި ބަނދަރު ތަރައްގީ ކުރާނެ ކަމަށާއި އަދި 85 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ހަދާނެ ކަމަށެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ