ފުވައްމުލަކު ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
ފުވައްމުލަކުގައި އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް މުއިއްޒު، ފުވައްމުލަކަށާއި އައްޑު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެސޓީއަށް ވަޑައިގެން މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހަައްމަދު ޝަރީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ އޭޓީއެމުން ރަމްޒީކޮށް ޑޮލަރު ނަންގަވައިފައެވެ.
އާއިޝަތު މާހާ
ކ. ތުލުސްދޫ
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ހުޅުމާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު