ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އަރުވައިފިއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މައުމޫނަށް އެ އައްޑަނަ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް މައުމޫނަށް އެ ޝަރަފު އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ، ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި އޭރު ރައީސަކަށް ހުންނަވައި ރައީސް މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކަށެވެ.
ރައީސް މައުމޫންގެ އިތުރުން، އެ ދުވަހުގެ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި އާންމުންގެ ތެރެއިން ޝަހީދުވި މީހުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުން ނޮވެމްބަރު 3 ގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް ވެސް ވަނީ އަރުވައިފައެވެ. މިއަދުގެ ޖަލްސާގައި އެ އާއިލާތަކަށް އައްޑަނަތައް ހަވާލުކޮށްދެއްވީ ވެސް ރައީސް މުއިއްޒެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ އަށް ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 މީހެކެވެ.
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް