ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ނަތަންޔާހޫ އަމުރުކޮށްފިއެވެ.
އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭގެ ވަގުތެއްގައި ވަނީ ހަމާސް އިން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފު ވެފައިވާކަމަށާއި ބަދަލުގެ ގޮތުގައި ވަރުގަދަ ހަމަލާތަކެއް ގާޒާއަށް ދޭން ޖެހޭ ކަމަށް ބުނެފައެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ ހަމާސް އަށް އަސީރުންގެ ހަށިތައް ހުރިތަން އެނގޭ ކަމަށާއި ނަމަވެސް ރެޑް ކްރޮސް އަށް ދެއްކުމުގެ ގޮތުން އޮޅުވާލައިފައިވާކަމަށް ބުނެފައެވެ. އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ ހަމާސް އިން އަސީރުންގެ ހަށިތައް ކޮނެގެން ނަގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ހިއްސާ ކޮށްފައެވެ.
އިސްރާއީލުން ވަނީ މިހާރުވެސް 13 އަސީރެއްގެ ހަށިގަނޑު ގާޒާގައި އެބައޮތް ކަމަށާއި އެމީހުން ހަވާލު ނުކުރާ ނަމަ އެއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުން ކަމަށް ތުހުމަތުކޮށްފައެވެ.
ހަމާސް އިން ވަނީ ގިނަ އަސީރުންގެ ހަށިތައް ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ކަމަށާއި އެމީހުން ހޯދުމަށް އެހީތެރިކަމަށްވެސް އެދިފައެވެ.
މުހައްމަދު އައުޒަމް
ގާޒާ
ގާޒާ
ގާޒާ
ގާޒާ