މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމަށް ޒަމްއަތު އަހުމަދު ވަހީދު މިއަދު ހޮވައިފިއެވެ.
ގާނޫނު ބުނާގޮތުން އެ ކޮމިޝަންގެ ރައީސް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ނަމަވެސް ނާއިބު ރައީސްކަމަށް ބޭފުޅަކު ހޮވާނީ ކޮމިޝަންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުންގެ ތެެރެއިންނެވެ.
އެގޮތުން ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާން ކޮމިޝަން ބައްދަލުވުމުގައި ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ބްރޯޑްކާސްޓިން ކެޓަގަރީން މީޑިއާ ކޮމިޝަނަށް ހޮވިވަޑައިގެންނެވި ޒަމްއަތުގެ އިތުރުން އެ ކޮމިޝަންގައި އޮންލައިން މީޑިއާތައް ތަމްސީލުކުރައްވާ، މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ ކުރީގެ ރައީސް ހުސެއިން ސަގީފެވެ.
އެ މަގާމަށް ޒަމްއަތު ހޮވިވަޑައިގެންނެވީ ހަތަރު ވޯޓުންނެވެ. ސަގީފަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
ކޮމިޝަންގެ ރައީސްގެ މަގާމަށް މަޖިލީހުން އައްޔަން ކުރަންޖެހޭ މެންބަރުންގެ ތެރެއިން މުހައްމަދު ފަރުސަތު ވަނީ އައްޔަންކޮށްފައެވެ.
އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުގެ ގޮތުގައި އިންތިހާބީ ހަތަރު މެންބަރުންނެވެ.
ކޮމިޝަނަށް މަޖިލީހުން ކަނޑައެޅި ތިން މެންބަރުން:
- މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
- ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
ކޮމިޝަނުގައި ހިމެނޭ އިންތިހާބީ މެންބަރުން:
- އަބްދުލްއަޒީޒް އިބްރާހީމް، މޫނިމާގެ، ށ. ފޭދޫ
- ޒަމްއަތު އަހުމަދު ވަހީދު، މަލަ، ގދ. ތިނަދޫ
- ސިމާހާ ނަސީމް، ވެލީގެ، ގދ. ރަތަފަންދޫ
- ހުސައިން ޘަގީފް، ހިސާން، ހދ. ވައިކަރަދޫ
އިބްރާހިމް ޒަކީ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން