އިތުރު އުމުރުފުރާތަކަކަށް ގާނޫނަކުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާނުކުރި ނަމަވެސް، ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ގާނޫނުގައިވާ ގޮތަށް ޖެނެރޭޝަން ބޭންއަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށާއި ދުންފަތް ކޮންޓްރޯލުކުރުމަކީ ޕްރިވެންޓިވް ހެލްތު ކެއާގެ ތެރެއިން ޕްރޮގްރާމެއް ކަމަށެވެ.
"އަޅުގަނޑު އަދިވެސް އިލްތިމާސްކުރަން އަމިއްލައަށް ވޮލަންޓަރީކޮށް އެކަން ހުއްޓާލުމަށް. ގާނޫނަކުން އަޅުގަނޑުމެން ޒުވާނުންނަށް މަނާކުރި ގޮތަކަށް މަނަލެއް ނުކުރާނަން. އެހެންނަމަވެސް އެކަމަށް އަޅުގަނޑު މިވަނީ ހުރަސްތަކެއް ކުރިމަތި ކޮށްފައި އަގުބޮޑުކޮށްފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްގޮތަކަށް ވެސް ނުގަވާއިދުން ދުންފަތުގެ އިސްތިމާލުކުރުމުގެ ތަކެތި ރާއްޖެ އެތެރެކުރުމާއި އެކަމުގެ ތެރެއަށް ވަނުމަކީ އެއްގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެ ވަބާއިން ދުރުވުމުން މުޖުތަމައު ސިއްހީގޮތުން ދުޅަހެޔޮ މުޖުތަމައަކަށް ވެގެންދާނެ ކަމަށެވެ. އަދި އެތައް ބަޔަކު އެކަމުން ދުރުވެގެން ލިބޭ ހިތްހަމަޖެހުން މުޖުތަމައަށް މިހާރު ފެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ގާނޫނުގެ ދަށުން، 01 ޖެނުއަރީ 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާވާނެއެވެ. ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު