ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އިސްތިއުފާ ދެއްވައިފި އެވެ.

"ވަން" އެނގިފައިވާ ގޮތުގައި ޖޭއެސްސީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވަން ނިންމައި، ރިޒާ މިހާރު ވަނީ ސިޓީ ހުށަހަޅައިފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ޖޭއެސްސީއަށް ރިޒާއަށް ގުޅުމުންވެސް ފޯނަށް ޖަވާބުދީފައިނުވެއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ރިޒާ އައްޔަންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގެ ރައީސްގެ މަގާމަށް ރިޒާ އައްޔަންކުރައްވާފައިވަނީ 2024 ޖޫން 12 ވަނަ ދުވަހުގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް ރިޒާ އިންތިހާބުކޮށްފައިވަނީ 2024 ޖޫން ހަތަރުވަނަ ދުވަހުގައެވެ.