ކޮންމެ ދަރިއަށް 3000 ރުފިޔާ ލިބޭގޮތަށް، އަންނަ އަހަރުން ފެށިގެން އެކަނިވެރިމައިންގެ އެލަވަންސް ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ދޭ އިނާޔަތް 12،000 ރުފިޔާއާ ހަމައަށް ބޮޑުކޮށް ކޮންމެ ދަރިއަކަށް ދޭ މިންވަރު 3،000 ރުފިޔާއަށް އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެކަނިވެރިމައިންގެ އެލަވަންސް މިހާރަށްވުރެ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށެވެ.
"އެ ވައުދު ފުއްދުން ވެސް މި އަންނަ އަހަރު ބަޖެޓުގައި ހިމަނާ ގޮތަށް މިހާރު ނިންމާފައި އޮތީ. އެހެންވީމާ މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިއުމުން ޖެނުއަރީ މަހުން ފެށިގެން ސިންގަލް ޕޭރަންޓް އެލަވަންސް އެކަނިވެރިމައިންނަށް ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް ތިން ހާސް ރުފިޔާއަށް ބޮޑުވެގެން ދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އެލަވަންސް ލިބެންޖެހޭ 5878 މީހުން މިހާރު އެބަތިބި ކަމަށާއި އޭގެ އިތުރަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިގޮތަށް ތަލަސީމިއާ ކުދިންނަށް ވެސް އެލަވަންސެއް ދޭން ފައްޓަވާނެ ކަމަށެވެ.
އޭގެ އިތުރަށް އަޅުގަނޑު ވައުދުވީ އެހެން އެލަވަންސެއް ތެލަސީމިއާ ކުދިންނަށް ދޭ އެލަވަންސް، 1000 ރުފިޔާ ކޮންމެ ކުއްޖަކަށް ދިނުން ވެސް މި އަންނަ އަހަރު ބަޖެޓުގައި ހިމަނާފައިވަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ދޭ އެލަވަންސަކީ އެ ކުދިންގެ ފަރުވާއަށް އިތުރު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓު ފާސްވެގެން ދިއުމުން އެ އެލަވަންސް ވެސް ލިބިގެންދާނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ސިންގަލް ޕޭރަންޓް އެލަވަންސަށް 211 މިލިއަން ރުފިޔާ އަދި އަލަށް ފަށާ ތެލަސީމިއާ އެލަވަންސަށް ބަޖެޓުގައި 11.7 މިލިއަން ރުފިޔާ ހިމަނާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އަޅުގަނޑު ގެ ފިރިމީހާ ކައިރިން ވަރިވީވެސް ކުދިންނަން އަޅާނުލާތާ އަނބިމީހާއަށް ވެސް ހަށްވެސް ހަރަދު ނުކުރާތީ އަޅުގަނޑަށް ލިބޭ ކުލިން އަޅުގަނޑު 3 ކުދިން ބޮޑު މިކުރަނީ ކޯޓަށް ގޮސްގެން އުޅެގެން ހުންނަ ނުކުޅެދޭ ކުއްޖާއަށް 3000ރ ދޭން ބުނީ ދެން ކުރާ ހުރިހާ ހަރަދަކީ މަންމަ ކުރަން ޖެހޭއެއްޗެއްތޯ ކޯޓުން އަހަނީ ކުދިންނަށް 18 ވީމަކާ މަންމަ ބައްޕަ ނުޖެހެޔޯ ހަރަދު ކުރާކަށް މީ ކޮން ގާނޫނެއްގަ އޮތް ގޮތެއްތޯ ދަރިން 18 އަހަރު ވީމަ އެއްވެސް އާއިލާ އެއްގަ އެކުދިން އަމިއްލަ އަށް ހަރަދުކޮށްގެން ތޯ އުޅެނބަލަން ޖެހޭ
އެކަނި ވެރި މައެއް - 8 މަސް ކުރިން