އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ 11 މަޝްރޫއެއް، އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ދިހަ ރަށެއްގައި ހިންގާ 11 މަޝްރޫއެކެވެ.
އެ ރަސްމިއްޔާތުގައި މަޝްރޫއުތަކުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މުހައްމަދު ފަޔާޒާއި ހުސައިން ނިހާދު އަދި އަސްލަމް ރަހާ އެވެ.
އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތައް:
- ލ. ފޮނަދޫ ފުޓްސަލް ދަނޑުގެ މަސައްކަތް
- ލ. ހިތަދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް
- ލ. މާވަށު އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް
- ލ. މާވަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
- ހއ. ވަށަފަރު އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް
- ކ. މާފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
- ކ. ދިއްފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
- ކ. ގުޅި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
- ކ. ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
- ކ. ހިންމަފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
- ކ. ހުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ