އޮޑިޓް ކުރުމަށް ބޭނުންވާ ބަޖެޓާއި، ފައިސާ އަދި އޮފީސް އިމާރާތް ނެތި ޖާގައިގެ ދަތިކަން ކުރިމަތިވެގެން ދަތިވެގެން އުޅޭ ވާހަކަ ދެއްކުމުގެ ފުރުސަތު އޮޑިޓާ ޖެނެރަލަށް ދެން ނޯންނާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، މިހާތަނަށް އޮޑިޓާ ޖެެނެރަލް އޮފީހަށް ފާސްކޮށްދިން އެންމެ ބޮޑު ބަޖެޓް ކަމަށްވާ، 134.2 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްދިނުމަށް އެދި، މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރުގެ ހައިސިއްޔަތުން މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.
ކޮމިޓީން ހުށަހެޅި ގޮތަށް އޮޑިޓް އޮފީހަށް 134.2 މިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
ސަލީމް ވިދާޅުވީ ބޮޑު ބަޖެޓެއްގެ އިތުރުން އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތް އަންނަ މާޗް މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ޖާގައިގެ ދަތިކަން މުޅިން ހައްލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި އޮޑިޓް ރިޕޯޓުތައް ފުރިހަމަވެގެން ނުކުމެގެންދާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ އިހުލާސްތެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި ހިޔާނާތްތެރިން އޮޑިޓް ރިޕޯޓުތައް ބަރާބަރަށް ނެރެދިނުމަށް އޮޑިޓާ ޖެެނެރަލްގެ ކިބައިން އެދިވަޑައިގެންފައެވެ.
އޭރުން އެ ރިޕޯޓުތައް މަޖިލީހަށް ފޮނުވައިގެން ފިޔަވަޅު އެޅުން އަވަސް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި