ޕާކިސްތާނާއި އަފްގާނިސްތާނު ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރަން ފަށައިފިއެވެ.
ޕާކިސްތާނާއި އަފްގާނިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން ހިނގައި ހަމަލާ ބަދަލުކުރަން ފަށާފައިވަނީ ޕާކިސްތާނަށް ދިން ހަމަލާއެއްގައި ބައިވެރިވި ތާލިބާނުގެ ހަނގުރާމަވެރިންނަށް އަފްގާނިސްތާނުން ފިޔަވަޅު ނޭޅުމުން ކަމަށް އޮފިޝަލުން ބުނެެެެއެވެ.
ދެގައުމު ހަމަލާބަދަލުކުރަން ފަށާފައި މިވަނީ އަފްގާނިސްތާނުގައި ތާލިބާނުން ވެރިކަން ކުރަން ފެށިފަހުން އަލަށް ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
އިއްޔެ އިން ފެށިގެން ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރަމުން އަންނަ އިރު ޕާކިސްތާނުގެ މިލިޓަރީ އިން ވަނީ އެގައުމުގެ 23 ސިފައިން މަރުވެފައިވާ ކަމަށް ބުނެފައެވެ. އަދި ތާލިބާނުން ވަނީ އަފްގާނިސްތާނު ފަޅިން ނުވަ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ބުނެފައެވެ.
ނަމަވެސް ޕާކިސްތާނުން ވަނީ އެގައުމުގެ ސިފައިން ދިން ހަމަލާތަކުގައި އަފްގާނިސްތާނުގެ 200 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ބުނެފައެވެ. އަދި އަފްގާނިސްތާނުން ވަނީ ޕާކިސްތާނުގެ ސިފައިންގެ ތެރެއިން މިހާތަނަށް 58 ސިފައިން މަރާލި ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި