ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް، ބ. ދަރަވަންދޫއިން ނ. މާފަރަށް ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަން އިން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
އެ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަހގަކީ 711 ރުފިޔާ ކަމަށާއި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިިވަނީ އާދިއްތަ، ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހު ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަން އިން ވަނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއާ ދެމެދު ދަތުރުތައް ފެށުމަށް ވެސް ނިންމައިފައެވެ.
މުހައްމަދު އިޝާން
ކުށް
ކުށް
އެމެރިކާ