ފިލިޕީންސަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ފިލިޕީންސްގެ ދެކުނު އައްސޭރިފަށު ސަރަހައްދަށް އައި އެ ބިންހެލުމާއެކު ޕިލިޕީންސް އާއި އިންޑޮނެޝިއާއަށް ވަނީ ސުނާމީގެ އިންޒާރުވެސް ދީފައެވެ.
ބިންހެލުމުގެ ސަބަަބުން ސުނާމީގެ ނުރައްކާ އޮތްކަމަށް ބަަލައި ފިލިޕީންސްގެ މެދުތެރޭ އަދި ދެކުނުގެ ސަރަހައްދުތަކުގެ އާންމުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން އަންގާފައިވާ ކަމަށް އެގައުމުގެ ރިޕޯޓުތައް ބުނެއެވެ.
އިއްޔެ ހެނދުނު އައި އެ ބިންހެލުމުގެ ސަބަބުން އަށް މީހުން މަރުވެފައިވާ އިރު، ފިލިޕީންސްގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ބިންހެލުން އައި ސަރަހައްދަށް ލިބިފައިހުރި ގެއްލުން ބެލުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން އަންނަ އިރު، ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުން އައިވަގުތު ނަގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ އިރު، އާންމުން ނުރައްކަލުން ސަލާމަތްވުމަށް މަގުތަކަށް ޖަމާވެފައިވާ މަންޒަރު ފެނެއެވެ.
ފިލިޕީންސްގެ މެދުތެރޭ ސެބޫ ސަރަހައްދަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ 6.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް 74 މީހުން މަރުވެފައެވެ. އޭގެ ފަހުން ކުދި ލޮޅުންތައް އަންނަން ފަށާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ކީލިއާން އެމްބާޕޭ
އިންޑިއާ
އެމެރިކާ
ބޭރު ކުޅިވަރު