ލަންކާގެ ނޭވީއިން އިންޑިއާގެ 47 މަސްވެރިން ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ނޭވީ އިން ބުނީ އެގައުމުގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވި ފަސް ބޯޓެއްގައި ތިބި 47 މަސްވެރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ލަންކާގެ މަންނާރް ސަރަހައްދާއި ކަނޑުގެ ސަރަހައްދުން ހައްޔަރު ކުރި އެމަސްވެރިން ހައްޔަރުކުރުމަށް ނޭވީއިން ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ.
ލަންކާގެ ނޭވީގެ އޮފިޝަލުން ވަނީ ހައްޔަރު ކުރި މަސްވެރިންނާއި އެމީހުން މަސްވެރިކަން ކުރުމަށް ބޭނުންކުރި އާލާތްތަކާއި މަސް ބޯޓުތައް ކަމާ ބެހޭ އިދާރާއާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.
ބުދަދުވަހުގެ ރޭގެ އިތުރުން އިއްޔެގެ ހެނދުނު ކުރިޔަށްގެންދިޔަ އެއޮޕަރޭޝަނަކީ އެގައުމުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ނޭވީއިން ކުރިޔަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެއް ކަމަށް އޮފިޝަލުން ބުނެެއެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ