އދ. ކުނބުރުދޫ ފުޓްބޯޅަ ދަނޑާއި މަލްޓިޕޯޕަސް ކޯޓު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ކުނބުރުދޫ ފުޓްބޯޅަ ދަނޑާއި މަލްޓިޕޯޕަސް ކޯޓު ރައީސް ހުޅުއްވައިދެއްވީ އދ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކުނބުރުދޫ ފުޓްބޯޅަ ދަނޑާއި މަލްޓިޕޯޕަސް ކޯޓުގެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއާ) އެވެ.

އާރުޑީސީގެ މީޑިޔާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 2024 ފެބްރުއަރީ 21 ގައި ކަމަށެވެ. އަދި އެ މަޝްރޫއު މަސައްކަތުގެ އަގަކީ 4،537،724 މިލިޔަން ރުފިޔާއެވެ. މަސައްކަތް ނިންމަންދިނީ 60 ދުވަސް ކަމަށްވެސް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

ކުނބުރުދޫ ފުޓްބޯޅަ ދަނޑާއި މަލްޓިޕޯޕަސް ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަން ބައްލަވައިލައްވައިފައެވެ. އެ މަނިކުފާނުގެ އަރިހުގައި އާރްޑީސީގެ އެމްޑީ އިބްރާހިމް ނަޒްމީ އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި މަޖިލިސް މެންބަރުންނާއި ކުނބުރުދޫ ކައުންސިލު އިދާރާގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.