ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންނާ މެދު، އާންމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ހުޅުވާލައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، އެ ބެފުޅުންނާ މެދު ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ހަތެއްވާ އަންގާރަ ދުވަހުގެ 12:00 ނިޔަލަށް ދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީން އެގޮތަށް ފާސްކުރުމާ ގުޅިގެން، އެ ބޭފުޅުންނާ މެދު ޝަކުވާއެއް އޮތްނަމަ ޖުޑިޝަރީ ކޮމިޓީގެ މެއިލްއަށް ނުވަތަ، މަޖިލިސް އިދާރައަށް ލިޔުމުން ފޮނުވުމަށް އެދި މަޖިލީހުގެ އިދާރާއިން ވަނީ އިއުލާންކޮށްފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު ހިމެނޭހެން ހަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފައެވެ.
އެބޭފުޅުންނަކީ:
- މަހާޒް އަލީ ޒާހިރު، ގދ. މަޑަވެލި، މޭނާ
- އާޝިއާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުއްފާރު
- އިބްރާހިމް އަފީފު، ގުލްބަހާރުގެ، ބ. ތުލާދޫ
- ޝިފާޒް އަލީ، ދަފްތަރު ރސ. 12854
- ފާތިމަތު ނައުޝާން، ފިޔާތޮށިގެ، ޅ. ނައިފަރު
- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
- ޝައުފާ އިބްރާހިމް، އަކިރިވިލާ، ދ. މީދޫ
މި މައްސަލަ ދިރާސާކުރަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު