ކޮންމެ އަހަރަކު ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ހުށަހަޅަންޖެހޭ، މުދަލާއި ފައިސާގެ ބަޔާން އާންމު ކުރުމަށާއި، އެ ބަޔާން ހުށަނާޅާ މެންބަރުންގެ މުސާރައިިން އުނިކުރާގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ގާނޫނުއަސާސީގެ 138 ވަނަ މާއްދާއަށް މި އިސްލާހު ހުށަހަޅަން މަޖިލީހަށް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ އެެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމެވެ.
މި ބިލު ހުށަހަޅާ މަގުސަދަކީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު، އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް، ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެެނެރަލަށް ހުށަހަޅަން ލާޒިމުކޮށްފައިވީ ނަމަވެސް، ބަޔާން ހުށަހަޅާނެ ވަކި މުއްދަތެއް، ކަނޑައަޅާފައިނުވާތީ އާއި ވަޒީރުންގެ ދައުރު ފެށުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި ބަޔާން ހާމަކުރުން ލާޒިމުކަމަށް ކަނޑައަޅާފައި ނުވާތީ، ވަޒީރުންގެ މަގާމުގެ ދައުރު ފަށާއިރު އެ މީހުންގެ މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއްކަން، އަދި އެމީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަަކަކީ ކޮބައިކަން ހާމަކުރުން ލާޒިމުކުރުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިހާރު އޮންނަނީ، ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއ،ި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅާންވާނެ ކަމަށެވެ.
ނަމަވެސް މި މާއްދާ އިސްލާހުކޮށް ހަ އަކުރެއް އިތުރުކުރަން މެންބަރު ވަނީ ހުށަހަޅުއްވައިފައެވެ.
އެގޮތުން ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން ރައްޔިތުންގެ މަޖިލިހާއި، އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭގޮތަށް ބަދަލުކުރަން ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން މި މާއްދާއަށް އަލަށް އިތުރުކުރި (ށ) ގައި ބަޔާން ހުށަޅަންޖެހޭ މުއްދަތު ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، މި މާއްދާގައި އަހަރުކަމަށް މާނަކޮށްފައިވަނީ، އެ މީހަކު ވަޒީރުކަމާ ހަވާލުވި ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ހަމަވާ ތާރީހުކަމަށް ވަނީ ހިމަނައިފައެވެ.
އިތުރު އިސްލާހުތައް:
- (ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ބަޔާން، މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހޅާންވާނެއެވެ.
- (ރ) މި މާއްދާގެ (ހ) ގައިވާ ބަޔާނަކީ އިންސްޓިޓީއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑީވްސް އިން އޮޑީޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައިކޮށްފައިވާ ބަޔާނަކަށް ވާންޖެހޭނެއެވެ.
- (ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ބަޔާން ހުށަނާޅައިފިނަމަ، އެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ ވަޒީރެއްގެ މުސާރައިން ދުވާލަކަށްޖެހޭ އަދަދަށް ކެނޑެމުންދާނެއެވެ.
- (ޅ) މި މާއްދާގެ (ހ) ގައިވާގޮތުގެމަތިން، ބަޔާން ހުށަހެޅުމުގެ އިތުރަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމަށް އައްޔަންކުރާ ކޮންމެ މީހަކު، އޭނާގެ މަގާމާ ހަވާލުވާއިރު، އޭނާއަށް ލިބިފައިވާ އާމްދަނީ އާއި އޭނާގެ ނަމުގައިހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާން، މަގާމާ ހަވާލުވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
- (ކ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހުށަހަޅާ، ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓާ ޖެެނެރަލް އާންމުކޮށް ޝާއިކުރަންވާނެއެވެ.
އިބްރާހިމް ޒަކީ
އިރާނު-އިޒްރޭލު ހަނގުރާމަ
ބޭރު ކުޅިވަރު
ބޮޑުތަކުރުފާނު މަގު
އިސްލާޙެއްހުށައަޅާކަށްނުޖެހޭ ޤާނޫނާއިޚިލާފުވީމައިޖެހޭނީވަކިކުރަން
އިއްބެ - 9 މަސް ކުރިން