އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ހަމަނުޖެހުންތައް ހިންގުމާ ގުޅިގެން އެއީ ޓެރަރިޒަމްގެ ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ސިފަކުރައްވައި ފާޑުވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން އާޓިފިޝަލް ބީޗުން ފެށި އެއްވުން މަޖީދީ މަގަށް ޑައިވާޓުކުރުމުން ފުލުހުން ވަނީ އެއްވުމުގެ ބައިވެރިން ހުއްޓުވައިފައެވެ. އެއްވުމުގެ ބައިވެރިން ހުއްޓުވަން ފުލުހުން މަސައްކަތް ކުރި އިރު، ދެ ފަރާތުގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފައިވެއެވެ. ފުުލުހުން އެއްވުން ކޮންޓްރޯލް ކުރީ ބާރުގެ ބޭނުންކޮށްގެންނެވެ.
ރޭގެ އެއްވުމާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ރަޝީދު އެކްސްގައި މިއަދު ވިދާޅުވީ އެއީ ސުލްހަވެރި އިހުތިޖާޖެއްގެ ނަމުގައި ގައުމުގެ ސުލްސަމަސަލަސްކަން ނަގާލައި ހަލަބޮލި ކުރުމަށް އެމްޑީޕީން ބޭއްވި ހަރަކާތެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ ކަމަށެވެ.
"އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީ އާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރާކާތެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، އެތައް ރައްޔިތުންނެއް އެއްތަނަކަށް ޖަމާކޮށް، ފުލުހުންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށަހެޅުމަކީ އެމްޑީޕީގެ ލީޑަޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވާ ކަމަށެވެ.
"އަދި މިއީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެ ޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމުގައި ގަބޫލުކުރަން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ އެއްވުން ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަލީ ޔާމިން
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު