މިއަދު ހަވީރު ހުޅުމާލޭ ފޭސް 2ގައި މާރާމާރީ ހިންގި ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިރޭ ބުނީ މިއަދު ހަވީރު 5:07 ހާއިރު ފޭސް 2 ހިޔާ ފްލެޓު ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށް ފްލެޓް ނަމްބަރު އެޗް7 ކައިރީ މާރާމާރީ ހިންގާ މަންޒަރު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ދެ އަންހެނުން ހިމެނޭ ކަމަށެވެ. އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 18 އަހަރާއި 27 އަހަރުގެ ދެމެދުގެ މީހުންނެވެ. އަދި އެ އެންމެންނަކީވެސް ދިވެހިން ކަމަށެވެ.
އިތުރު ތަފްސީލު ނުދީ ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު