މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުގައި ކުރިން ހުންނެވި، ގ.އާބިން ޑރ އާއިޝަރު ރަމީލާ، ހިއމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ސިއްހީ ހާލަތު ތަން ނުދޭތީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ޑރ. ރަމީލާ އިސްތިއުފާ ދެއްވީ އެކެއް ޑިސެމްބަރު 2024 ގައެވެ.
ރަމީލާ އެޗްއާރުސީއެމް އަށް އައްޔަން ކުރަން ރައީސް މަޖިލީހަށް މިއަދު ފޮނުއްވީ، އެކޮމިޝަންގެ މެންބަރު މަރިޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު 30 ނޮވެމްބަރަށް ހަމަވާތިއެވެ.
މި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އިބްރާހިމް ޒަކީ
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް