ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު ހިމެނޭހެން ހަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އޭގެ ތެެރެއިން ދެ ބޭފުޅަކަށް މަޖިލީހުން ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، މި ބޭފުޅުންނަކީ އެ މަގާމަށް ކުރިލުމަށް އާއްމުކޮށް ކުރި އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތި ލެއްވި ބޭފުޅުން ކަަމަށެވެ.

އެބޭފުޅުންނަކީ:

  • މަހާޒް އަލީ ޒާހިރު ގދ. މަޑަވެލި މޭނާ
  • އާޝިއާ އަޒީމާ ރޯޒްވިލާ ރ. ހުޅުއްފާރު
  • އިބްރާިހިމް އަފީފު ގުލްބަހާރުގެ ބ ތުލާދޫ
  • ޝިފާޒް އަލީ ދަފްތަރު ރސ. 12854
  • ފާތުނަތު ނައުޝާން ފިޔާތޮށިގެ ޅ. ނައިފަރު
  • އަހުމަދު ޔާމީން ބީޗްކޯނާ ގދ. ގައްދޫ
  • ޝައުފާ އިބްރާހިމް އަކިރިވިލާ ދ. މީދޫ

މި މައްސަލަ އިތުރަށް ދުރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.