ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެންމެ ފުރަތަމަ އިމާރާތްކުރި ފްލެޓުތަކުގެ ދެމެދުގައި ހިނގަން ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ދަނީ މިއަދު ހަވީރުން ފެށިގެން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ދެ ފްލެޓެ ދޭތެރޭގައި އޮންނަ ސަރަހައްދުގައި ސައިކަލު ޕާކުކުރުން މަނާ ބޯޑުތައްވެސް ހަރުކޮށްފައިވާ އިރު، އެ ސަރަހައްދުގައި ސައިކަލު ޕާކުކުރުމަކީ އާންމު ކަމެކެވެ. ބައެއް ފަހަރު ސިޑި ދަށުގައިވެސް ސައިކަލު ޕާކުކުރެއެވެ.
ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުން މެދުކަނޑާލާފައި އޮތުމަށްފަހު އެ މަސައްކަތް ފުލުހުން އަލުން ފެށީ މީގެ ހައެއްކަ މަސް ކުރިންނެވެ. އެގޮތުން މާލެއިންވެސް ގިނަ އަދަދެއްގެ ވެހިކަލް ވަނީ ޓޯކޮށްފައެވެ.
ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމަށް ފަހު އަނބުރާ ދެނީ 48 ގަޑިއިރު ފަހުންނެވެ.
އަލީ ޔާމިން
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ޒިންމާއަކީ ސައކަލްތައް ޓޯކުރުން ، ސައިކަލްތައް ޕާކްކުރާނެތން ދެއްކުމަކީ ޒިންމާއެއްނޫން
މުހައްމަދު - 9 މަސް ކުރިން