ދުނިޔޭގެ އެންމެ އުސް ބްރިޖު ޗައިނާގައި ހުޅުވައިފިއެވެ.

ދުނިޔޭގެ އެންމެ އުސް ބްރިޖް އިއްޔެ ޗައިނާގައި ހުޅުވާފައިވާއިރު އެ ބުރިޖު ހަދަން ތިން އަހަރު ހޭދަވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހުއާޖިއަންގ ގްރޭންޑް ކެންޔަން ބްރިޖްގެ ޓަވަރުގެ އުސްމިނުގައި 625 މީޓަރު ހުންނަ އިރު އެ ބްރިޖް އޮންނަނީ ޗައިނާގެ ގުއިޒޯ ޕްރޮވިންސުގެ ކޯރެއްގެ މަތީގައެވެ. ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ ދެވަނައަށް އެންމެ އުސް ބްރިޖުވެސް އޮންނަނީ އެ ޕްރޮވިންސުގައެވެ. އެ ބްރިޖުގެ އުސްމިނުގައި 565 މީޓަރު ހުންނަކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުލަގަދަ ރަސްމިއްޔާތެއްގައި އެ ބްރިޖު ހުޅުވުމާއެކު އާންމުންނަށް ދަތުރު ކުރެވޭނެ ގޮތް ވަނީ ހަދާފައެވެ. އޮފިޝަލުން ވަނީ އެ ބްރިޖުގެ ސަބަބުން ކުރިން ދެގަޑިއިރުން ކުރި ދަތުރު ދެ މިނެޓަށް ކުރުވެގެންދާނެ ކަމަށް ބުނެފައެވެ.

އުސް ފަރުބަދަތައް ގިނަ ގުއިޒޯ ޕްރޮވިންސުގައި ގިނަ އަދަދެއްގެ ބްރިޖު ހުރެއެވެ. އެގޮތުން ދުނިޔޭގެ ނިސްބަތުން އެންމެ އުސް 100 ބްރިޖުވެސް ހުންނަނީ އެޕްރޮވިންސުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.