އިންޑިއާގައި އޮތް އެއްވުމެއްގައި ފިތިބާރުވެގެން 40 މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ ދެކުނުން އޮންނަ ޓަމިލްނާޑޫގައި އެ ހާދިސާ ހިނގާފައިވަނީ އެ ސިޓީގައި ކުރިޔަށް ގެންދިޔަ ސިޔާސީ އެއްވުމަކަށް އެއްވި މީހުން ގިނަވެ ފިތިބާރުވުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.
10،000 އަށްވުރެ ގިނަ މީހުން އެއްވި އެ އެއްވުން އިންތިޒާމުކޮށްފައި ވަނީ ޓަމިލްނާޑޫގެ ކަރޫރް ޑިސްޓްރިކްޓަށް ވާދަކުރާ އެ ސަރަހައްދުގެ މަޝްހޫރު އެކްޓަރު ވިޖޭގެ ޕާޓީން ކަމަށް ހަބަރުތައް ބުނެއެވެ.
ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، އިއްޔެ ބޭއްވި އެ ރެލީއަށް އެއްވި އެތައް ހާސް މީހުންގެ ތެރެއިން 40 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 17 އަންހެނުންނާއި 13 ފިރިހެނުންގެ އިތުރުން ނުވަ ކުޑަކުދިން ހިމެނެއެވެ. އަނިޔާވި 51 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާގެ ފުލުހުން ވަނީ ވިޖޭ ނިސްބަތްވާ ޓީވީކޭ ޕާޓީގެ އިސް ތިން މީހެއްގެ މައްސަލަ ފައިލްކޮށް ބަލަން ފަށައިފައެވެ.
ޓީވީކޭ ޕާޓީން ވަނީ އެ އެއްވުމަށް ދާނެ ކަމަށް ބެލެވިފައިވަނީ 10،000 މީހުން ކަމުން އެމީހުންނަށް އެތަނުގައި އެއްވެވޭނެ ވަރަށް ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވީ ނަމަވެސް އެއްވި މީހުން ކުއްލިޔަކަށް ގިނަވެ ކޮންޓްރޯލުން ނެއްޓުނީ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު