ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ގާސިމްގެ ހާލުކޮޅު ގޯސްވެ، އައިޖީއެމްއެެޗުގައި ފަރުވާދޭން ފެށީ މިދިޔަ އަންގާރަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގާސިމްގެ ޕާޓީ، ޖޭޕީގެ އިސް ބޭފުޅަކު "ވަން" އަށް މިރޭ ވިދާޅުވީ، ގާސިމަށް އައިޖީއެމްއެޗުގައި ފަރުވާދެއްވުމަށްފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށާއި ހާލުކޮޅު ސްޓޭބަލް ކަމަށެވެ.
ގާސިމަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާތީ ކުރިން ވެސް ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
ގާސިމް ވަނީ 2017 ވަނަ އަހަރުވެސް ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވައިފައެވެ.
އެޑްވަޓޯރިއަލް
އެމެރިކާ
ބޮލީވުޑް
ހޮރްމުޒް ކަނޑުއޮޅި
އަޅުގަނޑުމެންގެއަޚު އޮނަރބަލް ޤާސިމުއިބްރާހީމަށް ފުރިހަމަސިއްޙަތާއިޢާފިޔަތުދެއްވާށިއެވެ އާމީން
އިއްބެ - 9 މަސް ކުރިން