އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ވާހަކަ ފެށުމުން، އެބައްދަލުވުމުގައި ތިބި ރާއްޖޭގެ ވަފުދު އެސެމްބްލީ ހޯލުން ނުކުމެއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތަނުން ރާއްޖޭން ނުކުތީ ރާއްޖޭން ތިބީ ފަލަސްތީނާއެކުކަން ހާމަކުރެއްވުމުގެ ގޮތުން ކަމަށެވެ.

"ރާއްޖޭން އަބަދުވެސް ތިބޭނީ ފަލަސްތީނާއެކު،" ހަލީލް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ އިތުރުން އެހެން ގިނަ ގައުމުތަކުންވެސް ވަނީ ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާއެކު ޖަލްސާ ދޫކުރައްވައި ހޯލުން ބޭރަށް ނުކުމެފައެވެ.