އަންނަ އަހަރު ތ. އަތޮޅު ބުރުނީގައި 30 ހައުސިން ޔުނިޓް އިމާރާތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ބުރުންޏަށް ވަޑައިގެން އެ ރަށުގެ ރައްޔިތުން އެދޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަަވަމުންނެވެ.

ރައީސް ވިދާޅުވީ، މާލީ ދަތިކަމާ ހެދި އަމިއްލަ ގޯތީގައި ގެ ނުހެދޭ އެތައްބަޔަކު އެބަތިބި ކަމަށެވެ.

އެކަމަށް ހައްލު ހޯއްދަވައި ދެއްވުމުގެގޮތުން، ސަރުކާރުން ލުއި ލޯނު ސްކީމެއް ތައާރަފުކުރި ނަމަވެސް، ހުރިހާ ރައްޔިތުންނަށް އެއްފަހަރާ އެ ފުރުސަތު ފޯރުކޮށްނުދެވޭ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް އެކި ގޮތްގޮތަށް ކުރިއަށްގެންގޮސް، ރައްޔިތުންނަށް ހައުސިން ފޯރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންކަމުން މި އަންނަ އަހަރުގައި ބަޖެޓްގެ ތެރޭގައި ހިމަނައިގެން ކައުންސިލުން ރައްޔިތުންގެ ހިޔާލު ހޯއްދަވައިފަ ހުށަހަޅުއްވާ ގޮތެއްގެ މައްޗަށް ބިނާކޮށް، ވަކި ތަނެއްގައި އުޅުމަށް ނޫނިއްޔާ އަމިއްލަ ގޯތީގައި އަޅާ ގޮތަށްވިޔަސް 30 ހައުސިން ޔުނިޓގެ މަޝްރޫއެއް އަންނަ އަންނަ އަހަރު ކުރިއަށްގެދާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.