ހުޅުމާލެ ފޭސް 1ގެ ސްވިމިން ޓްރެކު ހުންނަ ސަރަައްދުގެ ގޮނޑުދޮށް އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައި، އެސަރަހައްދުގައި އާންމުންނާއި ވިޔަފާރިވެރިން ބަހައްޓާފައިވާ ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި އެ މަސައްކަތް އިއްޔެވަނީ ފަށާފަ އެވެ.

"މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށާއި މި ސަރަހައްދުގައި ހަރަކާތްރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މަޝްރޫއުގެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ވިޔަފާރިތަކުންނާއި އާންމުން ބަހައްޓާފައިވާ ތަކެތި ވީ އެންމެ އަވަހަކަށް ނަގައިދިނުމަކީ މި ކޯފަރޭޝަންގެ ވަރަށް ބޮޑު އެދުމެކެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.

އަދި މަސައްކަތް ކުރިއަށްދާ މުއްދަތުގައި މި ސަރަހައްދަށް އާންމުން ވަދެ އުޅުމަކީ ރައްކާތެރިކަމަކަށް ނުވާނެތީ، މި ސަރަހައްދަށް އާންމުން ނުވަނުމަށް އެޗްޑީސީންވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާގުޅޭ ގޮތުން އިތުރު މައުރޫމާތު ސާފުކުރައްވަން ބޭނުންވާނަމަ އެކޯޕަރޭޝަނުގެ ހޮޓްލައިން 1516 އަށް ގުޅުމަށް ނުވަތަ 1516 އަށް ގުޅުމަށް ނުވަތަ 1516 އަދި [email protected] އަށް އީމެއިލް ކުރުމަށްވަނީ އެދިފަ އެވެ.