މެރިޓައިމް ދާއިރާއަށް ހާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ޝާއިއުކުރާ ކޯޕަރޭޓް މަޖައްލާ ކަމަށްވާ "އުޅަނދު ޖާނަލް"ގެ ފުރަތަމަ އަދަދު ލޯންޗުކޮށްފިއެވެ.
އެ މަޖައްލާ ލޯންޗުކުރީ އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެންވޭރު ދަނޑުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެެވެ. އެ މަޖައްލާ ލޯންޗުުކޮށްދެއްވީ އެމްޕީއެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ކަމާލުއްދީނެވެ.
އެމްޕީއެލުން ބުނީ އެ މަޖައްލާގައި ލިޔުންތެރިންގެ ގޮތުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން، މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުންނާއި މި ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އެކި މުއައްސާތަކަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ އާޓިކަލްތައް ޝާއިއުކޮށްފައިވާނެ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ސްޓޭޓް ސިޕިން ކޮމްޕެނީ (އެމްއެސްއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަހުމަދު ޒުބެއިރާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ހެޑް އޮފް ސްޓްރެޓީޖިކް މެނޭޖްމަންޓް ސުޕާއިންޓެންޑަންޓް، ފާތިމަތު ޝިފްޒާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގެ ހެޑް، ކެޕްޓަން މުހައްމަދު ޒައިދާއި މޯލްޑިިވްސް ޕޮލިސް ސާވިސްގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް، ހުސެއިން ފިރާޒް އަދި ކޯސްޓް ގާޑްގެ ޓްރެއިނިން އެންޑް ރިސާޗް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު، ލެފްޓިނެންޓް ކާނަލް އަހުމަދު ސިޔާމްގެ ލިޔުންތައް މިފަހަރުގެ "އުޅަނދު ޖާނަލް"ގައި ޝާއިއުކޮށްފައިވާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
"އުޅަނދު ޖާނަލް"ގެ ފުރަތަމަ އެޑިޝަންގައި ޝާއިއުކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި މެރިޓައިމްގެ ދާއިރާގައި ފާހަގަކޮށްލެވޭ އިސް ފަރާތްތަކާ ގުޅޭ ފީޗާއަކާއި، އެމްޕީއެލްގެ ތާރީހާއި ތަރައްގީ، ސީ-ޓު-އެއާ ޓްރާންސިޕްމަންޓް ކާގޯގެ ހިދުމަތް، ރާއްޖޭގެ މެރިޓައިމް ދާއިރާއަށް ލިބެމުންދާ ކުރިއެރުންތައް، ތިލަފުށި ޕޯޓްް މަޝްރޫއު، ޕޯޓް އޮޕަރޭޝަންސް، ޓެކްނޮލޮޖީ އަދި މެރިޓައިމް ދާއިރާގައި ހުރި ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅޭ ރިޕޯޓުތައް ހިމެނެއެވެ.
އެމްޕީއެލްގެ "އުޅަނދު މަޖައްލާ" ކިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޕީއެލް)ގެ ވެބްސައިޓް އަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން އެދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ