ހުޅުމާލޭގެ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ވިއްކުމަށް ފައިސާ ނެގި މީހުންގެ ތެެރެއިން، އެޕާޓްމަންޓުމަންޓު ގަތް މީހަކަށް، އޭނާ ގަތް އެޕާޓްމަންޓާއެކު 1.9 މިލިޔަން ރުފިޔާ ދައްކަން، އެ ޕްރޮޖެކްޓް ހިންގި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަަލައަކީ، ދަފްތަރު ނަމްބަރު 14795 ފާތިމަތު ޝަޒްލީނާ އާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު "ކޭޕާކް ރެސިޑެންސްގެ 11 ވަނަ ފަންގިފިލާއިން އެޕާޓްމަންޓް ގަތުމަށް 13 ޖުލައި 2020 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ޝަޒްލީނާ ގަތް އެޕާޓްކަންޓް ހަވާލު ކޮށްފައިނުވާތީ ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި ދައުވާގައި ޝަޒުލީނާ އެދިފައިވަނީ އެ އެޕާޓްމަންޓް ޝަޒްލީނާއާ ހަވާލު ކުރުމަށް ހަންބޯއަށް އަމުރުކޮށްދިނުމަށާއި، އެ އެޕާޓްމަންޓް ހަވާލު ނުކޮށްގެން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، 2021 ވަނަ އަހަރުގެ ޖެނުވަރީމަހުން ފެށިގެން އެޕާޓްމަންޓް ހަވާލުކުރާ ދުވަހާ ހަމައަށް ކޮންމެ މަހަކު 35،000 ރުފިޔާގެ މަގުން ފައިސާ ނަގައިދިނުމަށާއި، މައްސަލަ ޝަރީއަތަށް ހުށަހަޅަންޖެހުމުން ގާނޫނީ ހަރަދުގެ ގޮތުގައި 50،000 ރުފިޔާ ކަންބޯ އިން ނަގައިދިނުމަށެވެ.

ކޯޓުން މި މައްސަލަ ނިންމިގޮތުގެ ގަޒިއްޔާގައި ބުނެފައިވަނީ، މި މައްސަލައިގެ ދައުވާ ފޯމާއި، ދައުވާފޯމުގައިވާ ބަޔާންކުރާ ލިޔުންތަކާއި، ގާނޫނުގައި ބުނާ ފޯމުތައް، ހަންބޯގެ މިހާރުގެ އެޑްރެހުގެ ގޮތުގައި ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހާއި، ކުންފުނީގެ ރަޖިސްޓާޑް އެޑްރެސްކަމަށްވާ މއ. އެރަލްސީ އިން އެ ފަރާތަށް ރައްދު ކުރެވިފައިނުވާ ކަމަށެވެ. އެ ދެ އެޑްރެހުގައި ކުންފުނި ނުހުންނަ ކަމަށާއި، އެތަނުގެ ފޯނު ނަމްބަރުތަކުން ޖަވާބު ނުދޭކަމަށްވެސް ބުނެފައިވެއެެވެ.

އެހެންކަމުން ހަންބޯގެ މިހާރުގެ އެޑްރެސް ސާފުކޮށްދޭން، މި ދައުވާކުރާ ފަރާތައް އެންގުމުން، ހަމަ ކުރިން ފޮނުވި އެޑްރެސްތައް ފޮނުވުމަށްފަހު، އެ ފަރާތުން އެދުނުގޮތަށް އެ އެޑްރެސްތަކުގައި ރަތް އަމުރު ތަތްކޮށް، އިއުލާންކޮށްގެންވެސް ހަންބޯގެ ހަބަރެއްނުވި ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ މައްސަލަ ހަންބޯގެ ގައިރު ހާޒިރުގައި ނިންމައިދިނުމަށް ޝަޒްލީނާ އެދުނެވެ.

މި މައްސަލައިގައި ޝަރީއަތަށް ހުށަހެޅި ލިޔުންތަކުން ދައްކާ ގޮތުގައި، އެޕާޓްމަންޓް ގަތުމަށް ޝަޒްލީނާ ވަނީ 3.5 މިލިޔަން ރުފިޔާ އެފަރާތަށް ދައްކައި ހަލާސްކޮށްފައެވެ. އަދި ލަސްވެގެން ޑިސެމްބަރު 2020 ގައި އެޕާޓްމަންޓް ހަވާލުކުރާނެކަމަށް ބުނެފައިވާކަންވެސް އެނގެއެެވެ.

އެހެންކަމުން މި މައްސަލައިގައި އިއްޔެ ސިވިލްކޯޓުން ހުކުމްކުރީ، ކޭޕާކުން އެޕާޓްމަންޓް ގަނެ ވިއްކުމަށް ޝަޒްލީނާ އާއި ހަމްބޯއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހަންބޯއިން ހިލާފުވެފައިވާ ކަމަށެވެ. އަދި އަންނަ އޮކްޓޫބަރުމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ އެޕާޓްމަންޓް ޝަޒުލީނާއާ ހަވާލު ކުރުމަށް ހަންބޯގެ މައްޗަށް ވަނީ އަމުުރުކޮށްފައެވެ.

މީގެ އިތުރުން އެ އެޕާޓްމަންޓް ހަވާލު ކޮށްފައިނުވާތީ، 2021 ޖެނުއަރީ މަހުން ފެށީގެން މިދިޔަ އޯގަސްޓްމަހުގެ ނިޔަލަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.9 މިލިޔަން ރުފިޔާ ކަންބޯއިން ޝަޒްލީނާއަށް ދައްކަންޖެހޭ ކަަމަށް ކަނޑައަޅައި، މި ފައިސާ އޭނާއަށް ލިބިދިނުމުގެ ގޮތުން އަންނަ އޮކްޓޫބަރު މަހުގެ ހައެއްގެ ނިޔަލަށް، ސިވިލްކޯޓަށް ދެއްކުމަށްވެސް ކަންބޯއަށްވަނީ އަމުރުކޮށްފައެވެ. އަދި އެ އެޕާޓަމަންޓް ޝަޒްލީނާއަށް ހަވާލު ކުރުމާ ހަމައަށް މިމަހުން ފެށިގެން ކޮންމެ މަހަކު 35،000 ރުފިޔާގެ މަގުން ގެއްލުމުގެ ބަދަލުގެ ފައިސަ ހަންބޯއިން ޝަޒްލީނާއަށް ދައްކަންޖެހޭނެކަަމަށްވެސް ވަނީ ހުކުމްކޮށްފައެވެ. އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 6،000 ރުފިޔާ ޝަޒްލީނާއަށް ދައްކަންވެސް ހަންބޯގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން އެތައް ބަޔަކަށް ވިއްކާފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ 100 އަށްވުރެ ގިނަ ދައުވާކޮށްފައެވެ.