މ. މުލަކުގައި 50 ހައުސިން ޔުނިޓު ހެދުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހާރު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ މުލަކަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވަނީ މުލަކުގެ ތަރައްގީއަށް ސަރުކާރުން ގެންގުޅޭ ޕްލޭނާއި އެ ރަށުގައި ހިންގާ މަޝްރޫއުތަކުގެ އަދާހަމަތައް ހާމަކޮށްދެއްވައިފައެވެ.
އެގޮތުން، ބަނދަރާއި ރަށްގިރުމުގެ މަޝްރޫއާއި އިންޖީނުގޭގެ މަސައްކަތާއި ސްކޫލުގެ އަޕްގްރޭޑިންގެ މަސައްކަތާއި މަގުތައް ހެދުމުގެ މަޝްރޫއުގެ ތަފްސީލްތައް ދެއްވިއެވެ.
ރައީސް ވިދާޅުވީ، މުލަކަށްވެސް އަދި ރާއްޖޭގެ ބައިބޯ ހުރިހާ ރަށަކަށްވެސް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
"މި ރަށުގެ ތެރޭގައި މި އަަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށައިދޭނަން. އެއީ އަދި ނިމުމެއް ނޫން އެއީ އަދި ފެށުމެއް" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މުލަކުގެ ތަރައްގީއަކީ ސަރުކާރަށް މުހިންމު ތަރައްގީއެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ރައްޔިތުން އެދޭ ތަރައްގީ ގެނެސްދިނުމަށް ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު