ބައެއް ވިޔަފާރިވެރިން މޭވާގެ ބައެއް ބާވަތްތައް ބޮޑު އަގުގައި ވިއްކީ އެކަން އެގޮތަށް ކުރުމަށް ރާވައިގެން ގަސްދުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ވ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ތަރުކާރީއާއި މޭވާގެ 20 ބާވަތެއް އެތެރެކޮށް ހެޔޮ އަގުގައި ވިއްކީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެއީ މަޖުބޫރުވެގެން އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ކުރަން ޖެހުނުކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމުގެ ތަފުސީލު ދެއްވަމުން ރައީސް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކޮށް ޑޮލަރުން އާމްދަނީ ލިބޭ ޓޫރިސްޓު ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އާމްދަނީގެ ވަކި އިންސައްތައެއްގެ ޑޮލަރު ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ހެދުމުން ބޭންކުތަކަށް ޑޮލަރު ލިބި އެކަމުގެ ފައިދާ ވިޔަފާރިވެރިންނަށްކުރި ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ވިޔަފާރިތަކުން، ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށް ޓީޓީ ހެދުމަށް، ކުރިން ނުލިބޭ މިންވަރަށް ބޭންކު ރޭޓުގައި ޑޮލަރު ދިނުމުގެ ސަބަބުން ތަކެތީގެ އަގު ހެޔޮވި ކަމަށެވެ. ނަމަވެސް އެގޮތަށް ތަކެތީގެ އަގު ހެޔޮވާން ފެށުމުން ސިޔާސީ ބޭނުމަކަށް ބައެއް ވިޔަފާރިވެރިން ވަނީ ރައްޔިތުންނަށް ދަތިކުރުމުގެ ގޮތުން ތަކެތީގެ އަގު ބޮޑުކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.
"ނަތީޖާއަކީ ކޮބައިތޯ. އިހަށް ދުވަހު ޑޮލަރު ނުލިބޭ، ބޭންކުން ޑޮލަރު ނުލިބިގެން ހަމަ އެއްވެސް ގޮތެއް ނެތިގެން އަގުބޮޑުކުރި އޮރެންޖާއި އާފަލު މިހާރު ތިރިވެގެން ހިނގައްޖެ އަގު. ހަމަ އޭރުގައި ވެސް ލިބެއޭ ރަނގަޅަށް (ބޭންކު ރޭޓުގައި ޑޮލަރު) އެ ވާހަކަ މި ދަންނަވަނީ. ސިޔާސީ ބޭނުމެއްގައި އޯގަނައިޒް ގޮތެއްގައި ގަސްތުގައި ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށް ޓަކައި ބައެއް ކަންތައްތައް އެބަކުރެޔޭ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ވިޔަފާރިވެރިންނަށް އެގޮތަށް ރައްޔިތުންނަށް ދަތިވާހާ ބޮޑު އަގެއްގައި މުދާ ވިއްކުމުގެ ފުރުސަތު މީގެ ކުރިންވެސް ސަރުކާރުން ދީފައިނުވާނެ ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ދެން ބުލެކް މާރކެޓުގަ ވިއްކާ ޑޮލަރުގެ އަގު އަތްފޯރާ ފަށައް ގެނެސްދެވޭތޯ ބައްލަވާދެއްވާ
ރަންގަޅު - 9 މަސް ކުރިން