ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" (މީޑިއާ ބިލް) އިތުރަށް ދިރާސާކުރުމަށް ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ.
މި މައްދަލުވުން ފުރަތަމަ އެޖެންޑާކުރީ 2:00 އަށެވެ.
ނަމަވެސް މިހާރު ވަނީ 2:30 އަށް އެ ބައްދަލުވުން ފަސްކޮށްފައެވެ.
ކޮމިޓީ ބައްދަލުމެއް ބާއްވަން ނިންމާފައި މިވަނީ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ ރައްޔިތުންގެ މަޖިލީހުން ބޭރުކުރަން ގޮވާލައި މަޖިލިސް އިދާރާކައިރީގައި މިިއަދު ހެނދުނުން ފެށިގެން ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.
މި އިހުތިޖާޖުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ނޫސްވެރިން ގޮވަމުންދަނީ އެ ބިލުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމަށާއި، ނޫސްމަޖައްލާ ތަކާއި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކާއި ޖޫރިމަނާތައް ކަނޑައަޅާފައިވާ ކަމަށެވެ.
އަދި އެ ބިލަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރަސްއަޅާ ބިލެއް ކަމަށާއި، އެ ބިލް ފާސްވެއްޖެނަމަ ދައުލަތް ޒިންމާދާރު ކުރުވަން ނޫސްވެރިން ކުރަމުން އަންނަ މަސައްކަތް ހުއްޓިގެންދާނެ ކަަމަށްވެސް ގޮވަމުންދެއެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައި ގަތީވެސް ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.
ބިލް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ބައްދަލުވުންތަކަށްވަދެވެސް ނޫސްވެރިން ވަނީ އިހުތިޖާކޮށްފައެވެ.
ރޭ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލް ފާސްކުރީވެސް ނޫސްވެރިން ކޮމިޓީގައި އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.
މިބިލް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއެއް ބާއްވަން ނިންމި ނަމަވެސް އަދި އެޖަލްސާ ބާއްވާފައެއްނުވެއެވެ. އަދި އެ ޖައްލާ ބާއްވާނެ ގަޑިއެއް، އަދި ޖަލްސާގެ އެޖެންޑާއެއްވެސް މަޖިލިސް އިދާރާއިން އަދި ހާމައެއްނުކުރެއެވެ.
އިބްރާހިމް ޒަކީ
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ