ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުންނަކިީ ނަޒާހާތްތެރި ބަޔަކަށްވާން ޖެހޭ ކަމަށް ބަންޑާރަ ނައިބު، އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އުޝާމް ވިދާޅުވީ، ރާއްޖޭގެ ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށެވެ.
އުޝާމް ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހުގެ ޒިންމާތައް ބޮޑު ކަމަށާއި މުވައްޒަފުންނަކީ އިހުލާސްތެރި އަދި ނަޒާހާތްތެރި ބަޔަކަށްވާން ޖެހޭ ކަމަށެވެ.
"ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުންނަކީ އަބަދުވެސް ނަޒާހާތްތެރި، އަހުލާގީ، އިހުލާސްތެރި އަދި އިތުބާރު ހިފޭ ބަޔަކަށްވާން ޖެހޭ" އުޝާމް ވިދާޅުވިއެވެ.
އުޝާމް އިތުރަށް ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނުގެ ސަބަބުން، މުވައްޒަފުންނަށް ކުރިން ނުލިބޭ އެތައް ހައްގެއް ލިބިފައިވާ ކަމަށާއި ގާނޫނީ ބާރުވެރިކަން ލިބުމުން މަސައްކަތްތައް އަވަސްވެ، ހިންގުން ހަރުދަނާވެފައިވާ ކަމަށެވެ.
އަލީ ޔާމިން
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ