އެމެރިކާގައި ހައްޔަރުކުރި ކޮރެއާ މީހުން އެނބުރި ގައުމަށް ގޮސްފިއެވެ.

އެމެރިކާގައި ހުންނަ ހިޔުންޑާއީ ޕްލާންޓުގައި މަސައްކަތްކުރި 300 އަށްވުރެ ގިނަ ކޮރެއާ މީހުން ހައްޔަރުކޮށްފައިވަނީ އެގައުމުގެ އިމިގްރޭޝަނުން ހިންގި ބޮޑު ރެއިޑެއްގައެވެ.

އެމެރިކާގެ އިމިގްރޭޝަނުން އަތުލައިގަތް 300 އަށްވުރެ ގިނަ ކޮރެއާ މީޙުން ހައްޔަރު ކުރުމާއެކު ކޮރެއާގެ ސަރުކާރުން ވަނީ އެމީހުންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަަޅަން ފަށައިފައެވެ.

އެމެރިކާގެ ޖިއޯޖިއާގައި ހައްޔަރުކޮށްފައިވާ އެމީހުން އެނބުރި ކޮރެއާއަށް ފޮނުވުމަށް ދެ ގައުމާ ދެމެދު ކުރި މަޝްވަރާތަކަށްފަހު އިއްޔެ ވަނީ ކޮރެއަން އެއާގެ ޗާޓަރު ފްލައިޓެއްގައި ކޮރެއާއަށް އެތެރެވެފައެވެ.

އެމީހުން ވެރިރަށް އިންޗަންގެ މައި އެއާޕޯޓުން ގައުމަށް އެތެރެވި އިރު، މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.

އެމެރިކާގައި ނުގަވާއިދުން ދިރިއުޅޭ މީހުން ހޯދުމަށް ކުރިއަށްގެންދާ ސިލްސިލާ ރެއިޑުތަކުގައި އެ ގައުމުން އެތައް ހާސްބަޔަކު ވަނީ ޑީޕޯޓުކޮށްފައެވެ. ހިޔުންޑާއީ ޕްލާންޓުން ހައްޔަރުކުރި 475 މީހުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުންނަކީ ކޮރެއާއަށް ނިސްބަތްވާ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.